އޭޕްރިލް ހަވަނަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން، ރޭ 12:00 ނިޔަލަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 94 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަންސްއިން ހާމަކޮށްފިއެވެ.
ޖަޒީރާ ނިޔުސްއަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަންސް ގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މަޖިލިސްގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 94 ކެންޑިޑޭޓުން ކަމަށެެވެ.
"ރޭގެ 12:00 އާއި ހިސާބަށް އަޅުގަނޑުމެމްނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 94 ކެންޑިޑޭޓުން. އެ ގޮތުން ބާކީ ތިބި ފަރާތްތަކުގެ ތެރެއިން މާލި ބަޔާން ހުށަނާޅާ ފަރާތެއް ވާނަަމަ ގާނޫނުގައިކަނޑައެޅިފައިވާ ފަދައިން އެބޭފުޅުންގެ ނަންތައް އަޅުގަނޑުމެން އެކަމާ ބެހޭ ފަރާތްތަކަށް ފޮނުވާނަން" އަކުރަމް ވިދާޅުވިއެވެެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރެޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.