އަނިޔާގެ ސަބަބުން ތިން މަސް ދުވަހަށް ފަހު މިދިޔަ ހަފްތާގައި ކުޅުމަށް އެނބުރި އައި ނޭމާ ޔޫރަޕްގެ ތިން މެޗަށް ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފިއެވެ.

ޔުއެފާއިން މިގޮތަށް ނިންމާފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު ނޭމާ އިންސްޓަގްރާމްގައި ރެފްރީންނަށް  ފާޑުކިޔާފައިވާތީއެވެ. 

"އެއީ ބޮޑު ލަދެއް. އެ މީހުން ހަތަރު މީހެއް ޓީވީ ކައިރީގައި ސްލޯ މޯޝަނުގައި މެޗު ބަލަން ބަހައްޓާފައި ތިބިއިރު އެއީ ފުޓްބޯޅަ އެނގޭ ބައެއް ނޫން،" ވީއޭއާރް އޮފިޝަލުންނަށް ނިސްބަތްކޮށް ނޭމާ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.

ނޭމާގެ ސަސްޕެންޝަނުގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗު އޭނާ އަށް ގެއްލިގެންދާނެއެވެ. 

އުމުރުން 27 އަހަރުގެ ނޭމާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ޕީއެސްޖީން ކަމަށް ބެލެވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *