ސައިރިކްސް ކޮލެޖުން އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން މާސްޓާސް ފެންވަރުގެ މުޅިން އާއު ޕްރޮގްރާމެއް ފަށައިފި އެވެ.

ރާއްޖޭގައި އަލަށް ފެށި މި ކޯސް ފައްޓަވައިދެއްވީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއު އެވެ.

އައިޓީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރަށް ކިޔަވައިދޭ މި ކޯސް ސައިރިކްސް ކޮލެޖުން ފަރުމާކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ނިމޭގޮތަށެވެ.

"ބިގް ޑާޓާ އެންޑް ޑާޓާ ސައިންސް" ގެ ނަމުގައި ފެށި މި ކޯހުގެ ފުރަތަމަ ބެޗުގައި 17 ދަރިވަރުން ވަނީ ބަައިވެރިވެފަ އެވެ. ކޯހުގެ ފީއަކީ މަހަކަށް 3750ރ. ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *