ނިއުޕޯޓު ވިއު އަދި ބުރިޖުވިއު ސަހަރައްދުގައި ގަވައިދާއި ހިލާފަށް ޕާކުކޮށްފައިވާ އުނޅަދުތައް އެ ސަރަހައްދުން ޓޯވް ކުރުމުގެ މަސައްކަތް ޓްރެފިކް ފުލުހުން ފަށައިފިއެވެ.
ޓްރެފިކް ޕޮލިސް އިން މީގެ ގަޑިއެއްހާއިރު ކުރިން ބުނީ އެ ސަހަރައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުނޅަދުތައް ޓޯވް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެހެން ސަރަހައްދުތަކުގައިވެސް ގަވައިދާ ހިލާފަށް ޕާކް ކޮށްފައިވާ އުނޅަދުތައް ޓޯވް ކުރަމުން ގެންދާނެ ކަމަށެވެ.
ޕާކު ކުރާނެ އެކަށޭނެ ޖާގައެއް ދެއްކެން ދެން ސައިކަލުގައި ސްޓިކާ ޖެހުން ރައީސް ޞޯލިހުގެ އަމުރުފުޅަށް ހުށްޓާލައިފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކަށް ހަމައެއް ލަމައެއް ނެތި ދަނީ ޕާކު ކުރަމުންނެވެ.