ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގެ އޭދަފުށީގައި އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދެއެވެ.
އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން އަޅާ މި ޓާފް ދަނޑަކީ ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑެކެވެ. މިޓާފް ދަނޑުގައި މިހާރު ކުރިއަށްދަނީ ޓާފުއެޅުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތަކެވެ.
މި ދަނޑަކީ 105 މީޓަރު ދިގު އަދި ފުޅާމިނުގައި 68 މީޓަރު ހުންނަ ދަނޑެކެވެ.
ޝޮކްޑްރެއިން ނިޒާމަކާއި އެކު އެޅިގެންދާ މި ދަނޑަކީ ވާރޭ ވެހުނަސް ފެންބޮޑުނުވާނެ ހެން ފަސޭހައިން ފެން ހިންދާދެވޭ ގޮތައް އެޅޭ ދަނޑެކެވެ.
އޭދަފުށީގައި އެޅިގެންދާ މި ދަނޑުގެ މަސައްކަތް އެއްކޮށް ފުރިހަމަވާއިރު ފެންވަރު ރަނގަޅު ލައިޓިންސް ސިސްޓަމެއްވެސް ގާއިމް ކުރެވިގެންދާނެއެވެ.