ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލުމަށްޓަކައި ހާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞޯލިހު ވިދާޅުވީ ސަރުކާރުގެ މުޒާރާތަައް މަސައްކަތް ކުރާ މިންވަރު ވަޒަން ކުރައްވާނެ ކަމަށާއި "ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީ"އެއް މިއަދު އެކުލަވާލައްވާނެ ކަމަށެވެ.

"މިއަދު އެބަ އެކުލަވާލާ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީ ކިޔާ. ކޮމެޓީ އެއް. އެ ކޮމިޝަނުން ބަލާނެ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައްވެސް. އެއަށްފަހު ބަދަލެއް ގެންނަން ޖެހޭ ތަންތަނަށް ބަދަލު ގެންނާނަން،" ރައީސް ޞޯލިހު ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލުމަށްޓަކައި ހާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ކޮމެޓީ އާ ގުޅޭ އިތުރު ތަފްސީލެއް އަދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއްވެސް ރައީސް ހާމަ ކުރައްވާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *