މިދިޔަ އާދިއްތަ ދުވަހު ސިލްސިލާކޮށް ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ޓޫރިޒަމްއަށް މިއަހަރު 1.5 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރ މަންގަލަ ސަމަރަވީ ވިދާޅުވެއްޖެއެެވެ. 

އެ ގޮތުން މިނިސްޓަރ ހާމަ ކުރެއްވި ގޮތުގައި އެ ހަމަލާއާއި ގުޅިގެން ލަންކާއަށް އަންނަން ބުކިންގް ހަދާފައިވާ އެތަށް ޓޫރިސްޓުންވަނީ ބުކިންގް ކެންސަލްކޮށްފައެވެ. 

އެ ގޮތުން މި ލިބޭ ގެއްލުމުން އަރައިގަންނަން ދެ އަހަރަށްވުރެ ގނަ ދުވަސް ނަގާނެކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 

"އެންމެ ބޮޑަށް އަސަރުކުރާނީ ޓޫރިޒަމަށް. އެގޮތުން އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ޓޫރިސްޓު އެރައިވަލްތައް 30 ޕަސަންޓް ދަށްވާނެ. އެއީ ލިބެންހުރި އާމްދަނީއަށް ބަލާއިރު، 1.5 ބިލިއަން ޑޮލަރުގެ ގެއްލުން،" ސަމަރަވީރަ ވިދާޅުވި އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުން އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *