ކުޑަ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ލ. މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން ލ. މާބައިދުއަށް ނިސްބަތްވާ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައެވެ.

ކައުންސިލްގެ ނައިބު ރައީސް ޖިންސީ ފުރައްސާރަކޮށްފައިވަނީ ކަލާފާނު ސްކޫލުގައި ތައުލީމު ހާސިލްކުރަމުން އަންނަ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އެ ކުއްޖާގެ މަންމަ ހައްވާ ސާދިޔާ "ޖަޒީރާ"އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅަށް ޖިންސީ ފުރައްސާރަކޮށްފައިވަނީ މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއަށް ރަަށަށް ފޮނުވި ދުވަސްވަރު ކަމަށެވެ. އަދި ކައުންސިލްގެ ނައިބު ރައީސް ޖިންސީ ފުރައްސާރަ އެހެން ކުދިންތަކަކަށްވެސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ކުދިންނަށް އެމީހާ ޖިންސީ ފުރައްސާރަކުރޭ. މިހާތަނަށް ގާތްގަނޑަކަށް 6 ކުދިންނަށް އޭނާ ވަނީ ޖިންސީ ފުރައްސާރަކޮށްފަ" ކުއްޖާގެ މަންމަ ބުންޏެވެ.

ޖިންސީ ފުރައްސާރަކުރި ކައުންސިލަރަކީ އެ ފިރިހެން ކުއްޖާއާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވެސް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

މި މައްސަލައާއި ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *