ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި ކަމަށް ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާކަން ކަށަވަރުކޮށްދެއްވީ އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީފައި މިވަނީ، އެ ޕާޓީއަށް ހުއްދަ ނުދީ ހިފެހެއްޓުމުން އިސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮންނެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕީއެންސީގެ ބައެއް އިސްބޭފުޅުން ބައްދަލު ކުރައްވާފައި ވަނިކޮށެވެ.