މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތީ ބ. ކިހާދޫ ސްކޫލުގެ ގިނަ ބެލެނިވެރިން މިއަދު ސްކޫލު ދޮރުމަތީގައި މުޒާހަރާކޮށްފިއެވެ.
ކިހާދޫ ސްކޫލުގެ ބެލެނިވެރިން މުޒާހަރާކޮށްފައިވަނީ އެ ރަށު ސްކޫލުގައި ގްރޭޑު 5 އަދި 6 ގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދެމުން އަންނާތީއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ރަށު ދެ ގްރޭޑެއް އެއްކޮށްލައިގެން ކިޔަވައި ދެނީ ކިޔަވާ ކުދިންގެ އާބާދީ އާދަޔާއި ހިލާފަށް މަދު ވުމުންނެވެ.
މިއަދު ހެނދުނު ސްކޫލު ދޮރުމަތީގައި ބެލެނިވެރިން ކުރި މުޒާހަރާގައިވަނީ މަލްޓް ގްރޭޑްސިސްޓަމްގެ ސަބަބުން ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ހާސިލު ނުވާ ކަމަށް ބުނެ އަޑު އުފުލާފައެވެ. ބެލެނިވެރިން މަލްޓް ގްރޭޑް ސިސްޓަމާ ދެކޮޅަށް މުޒާހަރާކުރި އިރު އެ ކްލާހުގެ ދަރިވަރުން މިއަދު ސްކޫލަށްވެސް ނުފޮނުވައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ސްްކޫލުތަކުގައި މަލްޓް ގްރޭޑް ސިސްޓަމަށް ކިޔަވާދޭތީ ބެލެނިވެރިން ވަނީ ނުކުމެ އަޑުއުފުލާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސްކޫލުތަކުގައި މިހާރު ކިޔަވާ ދެމުން ދަނީ ވަކިވަކިންނެވެ.