ދިރިއުޅުމުގެ ކަންކަމުގައި އަވަދި ނެތި އުޅޭއިރު މޫނު ދޮވެލާނެ ވަގުތެއް ވެސް ނުވާތަން އާދެއެވެ. ކިތަންމެ ބިޒީ ކަމުގައި ވިޔަސް ތިމާގެ ސިއްހަތަކީ އެންމެ އިސްކަން ދޭން ޖެހޭ އެއް ކަމެވެ. އެގޮތުން މޫނު ދޮވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅޭއިރު މޫނު ތެޔޮވެ މޫނުގައި ބެކްޓީރިއާ ހުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ނަމަވެސް މޫނު ދޮވެލުމުން އެ ތެޔޮކަން ވެސް ފިލާދެއެވެ. އެހެންކަމުން ވީވަރަކުން އަބަދުވެސް މޫނު ދޮންނަން ވާނެއެވެ.

މޫނު ދޮވުމުން ރީތި ތާޒާ ކަމެއް މީހާއަށް ލިބިދެއެވެ. ހެނދުނު ތެދުވެ މޫނު ދޮވެލުމުން ކަންނެތްކަން ފިލާ ދާ އުސޫލުން ދުވަހުގެ ކޮންމެ ގަޑިއެއްގައި މޫނު ދޮވުނު ކަމުގައި ވިޔަސް ހަމަ އެ ތާޒާ ކަން ގެނުވާދެއެވެ. އަދި މޫނު ކުރަކި ވުން ދުރުކޮށްދެއެވެ.

ބިހި ނެގުމާއި ހިރުވުމުން ވެސް ގިނަގިނައިން މޫނު ދޮންނާށެވެ. ފެނަކީ ހަންގަނޑު ސާފުކުރުމުގެ އިތުރުނަ ހަންގަނޑުގެ ޕީއެޗް ހެޔޮވަރެއްގައި ބަހައްޓައިދޭނެ އެއް ވަސީލަތެވެ.

ފާޑު ފާޑުގެ މޫނު ދޮންނަ ފުޅިިން މޫނު ދޮވުމުގެ ބަދަލުގައި ފަސޭހައިން އަތުޖެހޭ އަދި ތައްޔާރު ކޮށްލެވޭ އެއްޗެހިން މޫނު ދޮންނަން އާދަ ކުރާށެވެ. އެހެން ނޫންނަމަ މޫނުގައި ބިއްސާއި އޮޝާޅަ ނެގުން ލަހެއް ނުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *