މާފަންނު ފައިފޮހޭ މިސްކިތުގެ ގޮތުގައި މަޝްހޫރުވެފައިވާ މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެ މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ރޭ ނިޔާވި އެސްޓީއޯގެ ހެޑް އޮފް އައިޓީގެ މަގާމުގައި ހުންނެވި މުސްތަފާ އަޒްމީގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ. ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
މިސްކިތުގެ ދެވަނަ ބުރީގެ މަސައްކަތެއްގައި އުޅުއްވަނިކޮށް އަޒްމީ ވެއްޓުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެސްޓީއޯގެ އައިޓީ ހެޑަށް ހުންނެވި އަޒްމީ ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. ރޭގެ ވަގުތެއްގައި އޭނާ އަވަހާރަވީ ހާލު ސީރިއަސްވެގެން އިންޑިއާ އަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ރާއްޖެ ގެނައި ފަހުން ރޭގެ ވަގުތެއްގައެެވެ.
އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އައިޓީ މަސައްކަތްތަކުގެ އިތުރުން އަތްތެރި މަސައްކަތް ކުރާ ބޭފުޅެކެވެ.
އަޒްމީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.