ނަޒާހަތްތެރި ގޮތެއްގައި ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދާނެ ހާއްސަ ގޮތްތަކެއް ހިމަނައި ރައްޔިތުންގެ މަޖިލީސް ހިންގާނެ އަަައު ގަވާއިދެއް އެމްޑީޕީން އެކުލަވާލައިފިއެވެ.

ކުރީގެ ރައީސް ނަޝީދު މިކަން އާންމު ކުރެއްވީ ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު ރައްޔިތުންގެ މަޖީލިހުގައި އޮތް ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށާއި އެ ބަދަލުވުމުން އެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހާމަކަން ބޮޑުވުމާއެކު މަޖިލީހުގެ ނަޒާހަތްތެރިކަން ވެސް ބޮޑުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވިދާޅުވީ އެކަމަށް މިހާރު އެމްޑީޕީން ޑްރާފްޓް ގަވައިދެއް އެކުލަވާލާފައިވާނެ ކަމަށެވެ.

"އެމްޑީޕީން ގަވައިދުގެ ޑްރާފްޓެއް އެކުލަވާލައިފިން އެ ޑްރާފްޓް އާ މަޖިލީހުގެ ކެމްޕެއިންގައި ނެރޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ. 

އެމްޑީޕީއިން މަޖިލިސް ހިންގާނެ އައު ގަވައިދެއް އެކުލަވާލައިފައިވާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދަނީ 19 ވަނަ މަޖިލީހަކީ ތަފާތު ދައްކާނެ މަޖިލީހެއްކަމަށް ކެނޑިނޭޅި ވިދާޅުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *