ލާމު ޕްރީސްކޫލުގެ އޮފީހުގެ ދޮރު ހަލާކު ކޮށްގެން ވަދެ ފައިސާ ތަކެއް ވަގަށް ނަގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ސްކޫލުން ފައިސާތަކެއް ވަގަށް ނަގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ދޮރު ހަލާކުކޮށްގެން ވަތް ޕްރީ ސްކޫލަކީ ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަ ސްކޫލެކެވެ.
މިއަދު ހެނދުނު 0645 ގައި ވަނީ ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކޮށްފައި ވާއިރު އަދި މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ވަގަށް ނަގާފައިވަނީ ކިހާ ފައިސާއެއްކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.