ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން، އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގައި ދިމާވެގެން އުޅޭ މައްސަލަ އަކީ  ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭ މައްސަލައެއް  ނޫން ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕީއެންސީ އުފެއްދުމަށް ޓަކައި ހަމަވާން ޖެހޭ ސައްހަ ފޯމުގެ އަދަދު ހަމަވެ އެކަމާ ގުޅޭ ޝަރުތުތައް ހަމަވެއްޖެ ނަމަ އެޕާޓީވެސް ރަޖިސްޓްރީކޮށްދޭން ޖެހޭނެ ކަމަށާއި އިލެކްޝަނުން ވެސް އެގޮތަށް އެކަން ކުރައްވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އަދި ޕީއެންސީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިހަށްދުވަހަކު ދެއްތޯ ވަރަށް ވެސް އިންސާފުވެރި ރިޔާސީ އިންތިޚާބެއް އެ ބޭއްވެވީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީގަ މައްސަލައެއް އުޅޭކަމަކަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރުވަނީ 24 ގަޑި އިރު މަޖިލީހުގައި މަސައްކަތް ކުރައްވައިގެން ނަމަވެސް ޕީއެންސީ ރަޖިސްޓްރީކުމަށް މަސައްްކަތް ކުރައްވާނެ  ކަމަށް ވިދާޅުވެފައެވެ.

މި ފަހަކަށް އައިސް ގާސިމް އިބްރާހިމް އާއި އެމްޑީޕީއާއި ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު ގާސިމް ދަނީ ރައީސް ޔާމީން އުފައްދަވަން އުޅޭ ޕީއެންސީގެ މެންބަރުންނާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންނާއި ގާސިމް ވަނީ ބައްދަލުކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *