މާތްﷲ އިންސާނުން ދުނިޔެއަށް ފޮނިއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށާއި އިސްލާމްދީން މަތިވެރިކޮށް އެދީނަށް ނަސްރު ދިނުމަށެވެ. އަދި ކުށްފާފަތަކުން އެއްފަރާތްވެ ހުރެ އުހުރަވީ ހަޔާތުގެ ފޮނި މީރުކަން ހޯދުމަށް މަސައްކަތް ކުރުމަށެވެ. މާތް ﷲ އިންސާނުންގެ ތެރެއިންވެސް ނަފްރަތުކުރައްވާ ބާވަތުގެ އިންސާނުންވެއެވެ. އަދި އެބައެއްދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާ އިންސާނުންވެސް މި ދުނިޔެމަތީގައިވެއެވެ. އެފަދަ އިންސާނުން ކުށްތަކަށް އަރައިގަތުމަށް ބިރުގަންނާނެއެވެ. އަދި އެއީ ހެޔޮކަންކަން ކުޅަ އިންސާނުންނެވެ. އެގޮތުން މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ އަށް ވައްތަރެއްގެ މީހުން ތިރީގައި އެވަނީއެވެ.

ޢަދުލަށް ޙުކުމްކުރާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ“ سورة المائدة 42

މާނައީ: ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.

އިޙްސާންތެރީން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ“ سورة البقرة 195

މާނައީ: ތިޔަބައިމީހުން .އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން އިޙުސާންތެރިން ދެކެ ﷲ ލޯބިވެވޯޑިގަންނަވައެވެ.

ޠާހިރުވާމީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”وَيُحِبُّ الْمُتَطَهِّرِينَ“ سورة البقرة 222

މާނައީ: އަދި ޠާހިރުވާމީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

ގިނަގިނައިން ތައުބާވާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”إِنَّ اللَّـهَ يُحِبُّ التَّوَّابِينَ“ سورة البقرة 222

މާނައީ: ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.

ތަޤްވާވެރިން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ“ سورة آل عمران 76

މާނައީ: ފަހެ ހަމަކަށަވަރުން ތަޤްވާވެރިންދެކެ ﷲ ލޯވިވެވޮޑިގަންނަވައެވެ.

ކެތްތެރީން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ”وَاللَّـهُ يُحِبُّ الصَّابِرِينَ“ سورة آل عمران 146

މާނައީ: ކެތްތެރީންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.

ﷲގެ މަގުގައި ހަނގުރާމަކުރާ މީހުން

”إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ“

މާނައީ: ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގަންނަވައެވެ.

ﷲއަށް ވަކީލުކުރާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ“ سورة آل عمران 159

މާނައީ: ވަކީލުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *