ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިވަޑައިގެންފި އެވެ.

އެގޮތުން ޤާސިމް އިބްރާހިމް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަބީބަށް ފޯނުން ގުޅުއްވާ ޤާނޫނީ އިމުގެ ތެރެއިން ޕީއެންސީގެ ރަޖިސްޓްރީގެ ކަންކަން ތަފާތު ކުރުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާފައެވެ.

ޤާސިމް އިބްރާހިމް ހަބީބަށް ގުޅުއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފޯނަށް ޖަވާބު ނުދެއްވުމުންނެވެ.

ގާސިމް ހަބީބަށް ގުޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އެކު މިއަދު ބައްދަލުވުމެއްގައި އިންނަވައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *