ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ހަޤީގަތް ހާމަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާ ދެކޮޅަށް ދައުވާ ކުރެވޭނީ ދައުލަތުން އުފުލާ ދައުވާއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުއޫދާ ދެކޮޅަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާ ކުރެވޭނީ ޕީޖީ އޮފީހުން އެ ދައުވާ އުފުލުމުން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެންމެ މަތީ ކޯޓު، ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ކޯޓުން އަންނަނީ ސުއޫދުގެ މައްސަލައެއް ބަލަމުންނެވެ. ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ބަލަމުން ދަނީ ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށް އޭނާ ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
.