ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ އަދި މަޝްހޫރު ތަރި ކައިލީ ޖެނާ އާއި އޭނާގެ ބައިވެރިޔާ ޓްރޭވިސް ސްކޮޓާއި އުޅެނީ ކައިވެނު ކޮށްގެން ކަމަށް އަނެއްކާވެސް އަޑު ފެތުރިއްޖެއެވެ.
ކައިލީ މިއަދު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަންގައި ސްޕެއިން ބަހުން "އަހަރެން އަހަރެންގެ ފިރިމީހާ މަތިން ވަރަށް ހަނދާވެ" މިގޮތަށް ޖެހުމުން މުޅި އިންސްޓަގްރާމް ވެސް ވަނީ ގުޑުވާލާފައެވެ.
މީގެ ކުރިންވެސް މިއީ ވަރަށް މަޝްހޫރު ވި ވާހަކައެކެވެ. ނަމަވެސް ކައިލީ މިކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ.
މިކަން ފެންމަތިވެފައި މިވަނީ ކައިލީ އޭނަގެ ފޭނުންނަށް މުހާތަބުކޮށް ވަރަށް ބޮޑު ކަމެއް ކުރިއަށް އޮތް ތާގައި ފެންނާނެ ކަމަށްވެސް ބުނެފައިވަނިކޮށެވެ.
ފުރަތަމަ އެންމެން ހީކުރީ ކައިލީ އަނެއްކާ ބަލިވެ އިނީ ކަމަށެވެ. ނަމަވެސް އޭނާވަނީ އެކަން ދޮގު ކޮށްފައެވެ.