ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި، ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މަޖިލީހަށް ކުރިމަތިލައްވާނެ ކަން އާންމުކޮށް އިއުލާން ކުރެއްވީ ޓުވީޓާ މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން އިރުތިޝާމް ވިދާޅުވީ އެކަމަނާގެ ކާފާފުޅު ހާޖީ އެދުރުގެ ދޮން ސީދީ އަކީ ވެސް މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށާއި، އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *