1- ދުނިޔޭގެ އެންމެ ދިގު ބްރިޖަކީ ޗައިނާގެ ހޮންކޮންގ، މަކާއު އަދި ޗައިނާޣެ މެއިންލޭންޑާއި ގުޅޭ ކޯރު އައްސޭރި އާއި ގުޅުވަދޭން 2018 ވަނަ އަހަރު ނިމުނު ހޮންކޮންގ ޒުހައި މަކާއު ބްރިޖެވެ. މި ބްރިޖަކީ އިންޖިނިއަރިން އަޖައިބެއްގެ ގޮތުގައި މީހުން ބުނާ ބޮޑު ބިޔަ މަސައްކަތެކެވެ. މި ބްރިޖް އަޅަން 20 ބިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. އަދި މި ބްރިޖް ހަދާފައިވަނީ 120 އަހަރަށް ބޭނުން ކުރެވޭ ގޮތަށެވެ. މި ބްރިޖް ހަދާފައިވަނީ ރެކްޓަރ މިންގަނޑުން 8 ގެ ބިންހެލުމަކުން ނުވަތަ 300،000 ޓަނުގެ ކާރގޯ ބޯޓަކުން ޖެހުނު ނަމަވެސް ނުވަތަ ބިޔަ ތޫފާނެއްގެ ސަބަބުންވެސް އަސަރު ނުކުރާނެ ގޮތަށެވެ. މި ބްރިޖްގެ ދިގުމިނުގައި މުޅިއެކު 55 ކިލޯމީޓަރު ހުރެއެވެ.
2- ދުނިޔޭގެ ދެވަނައަށް އެންމެ ދިގު ބްރިޖަކީވެސް ޗައިނާގެ ޖިއާޒޫ ބޭ ބްރިޖެއެވެ. މި ބްރިޖްގެ ދިގުމިނަކީ 42.5 ކިލޯމީޓަރެވެ. މި ބްރިޖް 2011 ގައި ހުޅުވިއިރު އެއީ އޭރުގެ ރެކޯޑެވެ. މި ބްރިޖް ހަދާފައިވަނީ 14.8 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން 4 އަހަރު ދުވަހުންނެވެ. މި ބްރިޖް ސަޕޯޓް ކުރަން 5000 ތަނބު ހުރެއެވެ.
3- އެމެރިކާގެ ލޭކް ޕޮންޗާޓްރެއިން ކޯސްވޭ އަކީ އެންމެ ގިނަ ދުވަހު ފެންގަނޑެއްގައި ނުވަތަ މޫދެއްގައިވެސް އެންމެ ގިނަ ދުވަސްވަންދެން އެންމެ ދިގު ބްރިޖްގެ ގޮތުގައި ހުރި ބްރިޖެވެ. ނަމަވެސް ޗައިނާގެ ޖިއާޒޫ ބްރިޖް އެޅުމުން އެ މަގާމު މި ބްރިޖަށް ގެއްލުނު ނަމަވެސް މި ބްރިޖްގެ ދިގުމިނުގައި 38.4 ކިލޯމީޓަރު ހުރެއެވެ. އަދިވެސް މި ބްރިޖަކީ މޫދު ނޫން ފެންގަނޑެއްގެ މަތީގައި ހުރި އެންމެ ބޮޑު ބްރިޖެވެ.
4- ހާންޒޫ ބޭ ބްރިޖަކީ އެސް އަކުރެއްގެ ބައްޓަމަށް 2008 ވަނަ އަހަރު ޗައިނާގައި ހުޅުވުނު ބްރުޖެކެވެ. މި ބްރިޖުގެ ދިގުމިނުގައި 35.6 ކިލޯމީޓަރު ހުރެއެވެ. މި ބްރިޖުގެ ސަބަބުން ޝަންހާއި އިން ނިންބޯ އަށް ދާ މަގު 400 ކިލޯމީޓަރުން 80 ކިލޯމީޓަރަށް ކުރުކޮށްދެއެވެ. މި ބްރިޖް އަޅަން 1.5 ބިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. މި ބްރިޖުގައި މީހުން ހިތް އުފާ ކޮށްލާ ދުރު މަންޒަރު ބަލާލުމަށް 145 މީޓަރުގެ އުސް ޕްލެޓްފޯމެއް ވެސް އަޅާފައިވެއެވެ.
5- ޗައިނާ އިން އެންމެ ފުރަތަމަ ކަނޑެއް ހުރަސްކޮށް އެޅި ޑޮންހައި ބްރިޖްގެ ދިގުމިނުގައި 23.5 ކިލޯމީޓަރު ހުރެއެވެ. މި ބްރިޖް ހަދާފައިވަނީ އުސް ރާޅުތަކާއި ބޮޑެތި ތޫފާންތަކުން އަސަރެއް ނުކުރާގޮތަށެވެ. މި ބްރިޖް ފަރުމާކޮށްފައިވަނީ 100 އަހަރު ބޭނުން ކުރެވޭނެ ފެންވަރަށް ރިކްޓަރ މިންގަނޑުން 7 ގެ ބިންހެލުމަކުން އަސަރު ނުކުރާނެހެންނެވެ.
6- ކިންގ ފަހުދު ކޯސްވޭ އަކީ ބްރިޖްތަކެކެވެ. ނަމަވެސް ބަހުރެއިން އިން ސައޫދީ އަރަބިޔާ ގުޅުވައިދޭ މި ބްރިޖްގައި 25 ކިލޯމީޓަރު ހުރެއެވެ. މި ބްރިޖް ހުޅުވީ 1986 ގައި 5 އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައެވެ. މި ބްރިޖް ހުޅުވާފައިވަނީ ގަލްފް ގައުމުތަކުގެ މެދުގެ ވިޔަފާރި އިތުރުކުރުމުގެ މަޤްސަދުގައެވެ. މި ބްރިޖް ހެދުމަށް 800 މިލިޔަން ޑޮލަރު ޚަރަދުވިއެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ދިގުމިނަކީ 2.1 ކިލޯމީޓަރެވެ. މި ބްރިޖަށް މުޅިއެކު 210 މިލިޔަން ޑޮލަރު ޚަރަދުކުރެވުނު ކަމަށްވެއެވެ.