އިޓަލީގެ ސަސުއޯލޯ އަށް ކުޅެމުންދިޔަ ކެވިން ޕްރިންސް ބޮއަޓެންގް ބާސެލޯނާ އަށް ސީސަން ނިމެންދެން ލޯނަކަށް ގެންގޮސްފިއެވެ. މިއީ މި ޖެނުއަރީ ޓްރާންސްފާރ މަރކެޓްގައި އެ ކްލަބުގެ މުނީރު އަލް ހަދީދީ ސެވިއްޔާއަށް ސޮއި ކުރުމާ ގުޅިގެން ބަދަލެއްގެ ގޮތުގައި ގެނައި ފޯވާޑެކެވެ. މިއީ އެއްވެސް ބަޔަކު ހީކުރި ކަހަލަ ޓްރާންސްފާ އެއް ނޫނެވެ. މި ޓްރާންސްފަރ ގައި ކުރިން ބާސެލޯނާއިން ޓޮޓެންހަމްގެ ފެނާންޑޯ ލޮރެންޓޭ، ޗެލްސީގެ އަލްވާރޯ މޮރާޓާ، އޮލިވިއޭ ޖިރޫ ވެސް ހޯދަން މަސައްކަތް ކޮށްފައިވެއެވެ.

ބާސެލޯނާއިން ބޮއަޓެންގެ ގެންގޮސްފައިވަނީ ސީސަން ނިމުމުން ކުޅުންތެރިޔާ ބަހައްޓަން ބޭނުންނަމަ 8 މިލިޔަން ޔޫރޯ އަށް ގަނެވޭ ގޮތަށެވެ. ލޯންގެ ގޮތުގައި ބާސެލޯނާއިން ބޮއަޓެންގެ ގެންދިޔުމަށް ޚަރަދު ކޮށްފައި ވަނީ 2 މިލިޔަން ޔޫރޯ އެވެ.

31 އަހަރުގެ ކެވިން ޕްރިންސް ބޮއަޓެންގް އަކީ ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބޭނުންވާ ކަހަލަ އަދި ލަލީގާގައި ކުޅުމުގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. ބޮއަޓެންގް ވަނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް، ޕޯރޓްސްމައުތް އަދި އިޓަލީގެ އޭސީ މިލާނަށްވެސް ކުޅެފައެވެ. މިހާރު ކުޅެމުންދާ ސަސުއޯލޯ އަށް 15 މެޗުގަގައި ބޮއަޓެންގް ވަނީ 15 މެޗުން 5 ލަނޑު ޖަހައިދީފައެވެ.

ކުޅުންތެރިޔާ ދައްކާލުމުގެ ހަފްލާގައި ބޮއަޓެންގް ބުނެފައިވަނީ މެސީ އާއި ސުއަރޭޒް ފަދަ ކުޅުންތެރިންނާއި އެކު ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އަދި މެސީ އެކީ މިދުނިޔޭގައިވެސް އަދި އެހެން ހުރިހާ ދުނިޔެއެއްގައިވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *