ހިލޭ ޑިގްރީއަށް ކިޔެވުމުގެ އުސޫލު އަންނަ މަހުގެ 13 ގެ ކުރިން އާންމު ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މިނިސްޓަރު އިބްރާހިމް ހަސަން ދިން އިންޓަވިޔުއެއްގައި ވިދާޅުވީ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާ ގުޅިގެން މަތީ ތައުލީމުގެ ވައުދާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެކަންތައް ނިންމައި، މުއްދަތު ހަމަވުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ދިރާސީ އާ އަހަރާ އެކު، ރާއްޖޭގެ ބައެއް ކޮލެޖުތަކުގައި ކިޔެވުން މިހާރުވަނީ ފެށިފައެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އަމިއްލަ ކޮލެޖުތަކުގައި ވެސް ހިލޭ ޑިގްރީއަށް ކިޔެވޭނެ ކަމަށާއި އެކަމުގައި އެއްވެސް ތަފާތުކުރުމެއް ނާންނާނެ ކަމަށެވެ.
ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަށް މިއަހަރުގެ ބަޖެޓުން ވަނީ 50 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު ހިލޭ ޑިގްރީއަށް ކިޔަވާދޭން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ހިމަނުއްވާފައިވާ މުހިންމު ވައުދެކެވެ.
.