ކ.ގުރައިދޫ އިން ބިޔަރު ދަޅުތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިކަމާއި ގުޅިގެން ގުރައިދޫ އިން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުންވެސް ހައްޔަރުކުރީ ގުރައިދޫ އަށް ބިޔަރުދަޅުތަކެއް އެތެރެކުރުމަށް އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުންނެވެ. މިތަކެތި ފެނިފައިވަނީ އެރަށު ބަނދަރު ސަރަހައްދުންނެވެ.

މި ދެމީހުން އެ ތަކެއްޗާއެކު ފެނިފައި ވަނީ ޑިންގީ އެއްގައި ކަމަށާއި އެމީހުން ޑިންގީގައި ބަނދަރާއި ކައިރި ކުރުމުން އެދެމީހން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރި ވަގުތު އެ އެއްޗެހިތައް މޫދަށް އުކާލި ކަމަށެވެ.

އެމީހުންގެ ހާޒިރުގައި އެ ތަކެތި ނަގައި ބެލި އިރު 14 ބިޔަރު ދަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *