އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު، ޝްވޭތާ ބައްޗަން އަށް އޭނަގެ ފަހަރި އައިޝްވާރިޔާ ރާއި ބައްޗަންގެ ކިބައިގައި ހުންނަ ކަމުނުދާ ސިފައަކީ ކޮބައިކަން ހާމަކޮށްފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޝޯ، ކޮފީ ވިތް ކަރަން އަށް ޝްވޭތާ އޭނަގެ ކޮއްކޮ އަބީޝެކް ބައްޗަން އާއިއެކު ދިއުމުން އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން ބުނީ އައިޝްވާރިޔާގެ އެންމެ ބޮޑު މައްސަލައަކީ ފޯނަށް ކުރާ މެސެޖަށް ރިޕްލައި ނުކުރުމާއި ގުޅުމުންވެސް ފޯނު ނުނެގުމެވެ.
އެ ޝޯގެ ތެރެއިން އަބީޝެކް އަށް އަމާޒުވި ސުވާލަކަށް ޖަވާބުދެމުން ޝްވޭތާ ބުނީ އަބިޝެކް އޭނަގެ މަންމަ އާއި ބައްޕަ އަށްވުރެވެސް އައިޝްވާރިއާ ދެކެ ބިރު ގަންނަ ކަމަށެވެ.
ކަރަން ޖޯހަރާއި އަބީޝެކް އަކީ ކުރީއްސުރެވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.