މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ބޮން ގޮއްވާލި ކަމަށް އަމިއްލަޔަށް އިއުތިރާފް ވެފައިވާ ނުރައްކާތެރި ޖަމާއަތްކަމަށްވާ އައިއެސް ޖަމާއަތާ ގުޅުންހުރި 130 މީހުން ސްރީލަންކާގައި ދިރިއުޅެމުންދާ ކަމުގައި ލަންކާގެ ރައީސް މިއިތިރިފާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ލަންކާގައި ޖާނުން ފިދާވެގެން ސިލްސިލާކޮށް ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އައިއެސްއާ ގުޅުންހުރި ކަންކަމުގައި ލަންކާގެ ޒުވާނުންތަކެއް ބައިވެރިވަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އައިއެސްއާ ގުޅުންހުރި ކަންކަމުގައި ޝާމިލުވާ 130 މީހަކު ލަންކާގައި އުޅެމުންދާކަން އެނގިފައިވާ ކަމަށެވެ.

ސްރީލަންކާގައި ރޭވަނީ ސަލާމަތީ ބާރުތަކާއި، ހައްޔަރުކުރަން އުޅުނު ބަޔަކާއި ދެމެދު ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. އެ ގޮތުން އެ ހަމަނުޖެހުމުގައިވަނީ ބޮންގޮއްވުމުގެ ހަމަލާތަކަށްފަހު އެ  ސަރަހައްދުން އާންމުންނާއި ކުޑަކުދިން ހިމެނޭހެން މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިފައެވެ. 

ރޭގެ ކުރިމަތިލުންތައް ހިނގާފައި ވަނީ، ސައިންތަމަރުދޫގައި ބޮން ގޮއްވާ ކާރުޚާނާއެއް ހިންގަމުންދާ ކަމަށް، ލަންކާގެ ފުލުހުންނަށް ލިބުނު ސިއްރު މަޢުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތަނެއް ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައެވެ. އެ ތަނަކީ އާންމު ފަރާތަކުން ގެއެއް ގޮތަށް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށާއި، ހަމަލާތަކަށްފަހު މަރުވި މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އެ ގޭގެތެރެއިން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީގޮތުގައި، ރޭގެ ހާދިސާގައި 3 ނުވަތަ 4 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެމީހުންނަކީ ހަމަލާތަކާއި ގުޅުންހުރި ބައެއް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 70 އަށް ވުރެ ގިނަ މީހުން އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *