ގަސްގަހާގެހި ހައްދަން ވާނީ ހަމައެކަނި ބޭރުގައި ކަމަށް ހީވެފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.  ތިމާ ދިރިއުޅޭ ކޮޓަރީގައްޔާއި ބަދިގެ، އޮފީސް އަދި ފާހާނާގައިވެސް ގަސް ހައްދަން ވާނެއެވެ. މިފަދަ ތަންތަނުގައި ގަސް ބެހެއްޓުމުން ލިބޭ ފައިދާތައް އެހާމެ ގިނައެވެ. އެގޮތުންވާނެ ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ.

ނޭވާލާ ވައި ސާފުކޮށްދިނުން 


ފާރުގައި ލާފައި ހުންނަ ކުލަ އާއި ގޭތެރޭގައި ބޭނުންކުރާ އެހެނިހެން ކެމިކަލް ތަކުން އަހަރެމެން ނޭވާލާ ވައި އިންތިހާއަށް ނުސާފުކޮށްލައެވެ. ނަމަވެސް ގިނަގިނައިން ގަސް ބަހައްޓާފައި ހުންނަ ނަމަ އެ ގަސްތައް ނުސާފު ވައި ސާފު ކޮށްދެއެވެ. މީގެއިތުރުން، މާހައުލުގައި ފިނި ކަމެއް އުފައްދައިދެއެވެ.

ސްޓްރެސް ފިލުވައިދިނުން


އޮފީހުގައި މާ މަސައްކަތް ބުރަވެ ސްޓްރެސް ވާނަމަ މަސައްކަތް ކުރާ ޑެސްކުގައި ގަހެއް ބަހައްޓާށެވެ. މިގޮތަށް ގަސް ބެހެއްޓުމުން މީހުންގެ ލޭގެ ޕްރެޝަރު ހެޔޮ މިންވަރެއްގައި ހިފަހައްޓައިދޭ ކަމަށާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދުރު ކޮށްދޭ ކަމަށް ރިސާޗު ތަކުންވެސް ދައްކައެވެ. އެގޮތުން އޮފީހުގައި ގަސް ގިނަ ކޮށްލުމުން ސްޓްރެސް ފިލުމާއި ކުރާ ކަން ކަމުން ފޮނި ނަތީޖާ ލިބިދެއެވެ.

މާހައުލަށް ރީތި ކަން ގެނުވައިދިނުން


ގޭގެ އެކި ދިމަދިމާލުގައި ރީތި ގޮތަކަށް އެލުވާލެވުފައިވާ މާ ގަހެއް އެކުލެވޭ ޕޮޓުތައް ފެންނަން ހުރެއްޖެނަމަ މުޅި މާހައުލަށްވެސް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. ގަސް އިންދާފައި ހުންނަ ޕޮޓުތަކުގެ ރީތި ކަމުން ހިތް ފުރިގެންދެއެވެ. އެހެންކަމުން ގެއަކީ އުޅޭހިތުން އުޅޭ ތަނަކަށް ވެގެންދެއެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަކަށް ހުސް ޖާގައެއް ފެންނަން އިނދެއްޖެ ނަމަ އެދިމާލެއްގައިވެސް ގަހެއް ބެހެއްޓިދާނެއެވެ.

ނިދާލަން ފަސޭހަވުން

ޖޭޒްމިން، ލެވެންޑަރ އަދި އަލޮވެރާ ގަސް ފަދަ ގަސްގަހަކީ ކޮޓަރި ތެރޭ ބެހެއްޓުމުން މީހުންނަށް ރަނގަޅު ނިންޖެއް ނިދާލުމުގައި އެހީތެރިވެދޭ ގަސްގަހެވެ. ބައެއް ގަސް ގަހުން ދުވާ މީރު ވަހުންވެސް އަރާމުގައި ނިދަން އޮވެވުމުގެ އިތުރުން މިގަސްތަކުގެ ސަބަބުން މީހުންގެ މޫޑުވެސް ރަނގަޅުވެއެވެ.

ރޯގާ ޖެހުމުން ދުރުކޮށްދިނުން


ގަސްގަހާގެއްސަކީ ބައެއް ބަލިތަކުގެ ޝިފައެކެވެ. ގޭތެރޭގައި ގަސް އިންދާފައި ހުރުމުން ރޯގާ ޖެހުމުން ދުރުކޮށްދެއެވެ. ވައި ސާފު ކޮށް ހުރުމުން ރޯގާ ޖެހެން މެދުވެރިކުރުވާ ވައިރަސްތައްވެސް ނެތިދެއެވެ. ހޮސްޕިޓަކުތަކުގައާއި ގޭގޭގައި ގަސް ގިނަ ވުމުން ރޯގަލާއި އެފަދަ ވައިރަލް ބަލި ތަކުން ސަލާމަތް ކޮށްދޭ ކަމަށް ބައެއް ރިސާޗުތަކުން ވެސް ދައްކައެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *