ދިވެހި ސިފައިންގެ ދިގު މާޒީއިން ކަށަވަރުކޮށްދެނީ ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޤައްދާރުވާނެ ބައެއް ނޫންކަން ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނަށް ހުވާލައި ދިނުމާއި ބަޑި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކުރައްވާ ރައީސް ޞޯލިހު ވިދާޅުވީ ސިފައިންގެ 127 އަހަރުވީ ދިގު މާޒީއިން ޔަގީންކޮށްދެނީ ދިވެހި ސިފައިން ދުވަހަކުވެސް މިގައުމަށް ގައްދާރު ނުވާނެކަން ކަމަށާއި ސިފައިންނަކީ ތެދުވެރި އަމާނާތްތެރި ބައެއް ކަމެވެ.

"މިއަދު ތިޔަ ސިފައިން ތިޔަ ގުޅިވަޑައިގަތީ މިރާއްޖޭގެ އެންމެ ޝަރަފްވެރި އަދި އެންމެ ފަޚުރުވެރި އާއިލާ އާ. މިބަދަހި ސަފުތަކުގެ ފަހުލަވާނުންނަކީ، ވަރަށް ތެދުވެރި ވަފާތެރި އަދި އެހާމެ އަމާނާތްތެރި ބައެއް. ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޣައްދާރުވާނެ ބައެއް ނޫންކަން." ރައީސް ވިދާޅުވިއެވެ.

އަދި ސިފައިން ކުރި ހުވާގައި ވަރަށް މުހިއްމު ހަތަރު ކަމަކަށް ވައުދުވި ކަމަށާއި އެއީ ޤާނޫނު އަސާސީ ދިފާއު ކުރުމާއި، އިސްލާމްދީން ދިފާއު ކުރުމާއި، އަދި ދިވެހިރާއްޖެ ދިފާއުކުރުމާއި ދުޝްމަނުންނާއި ބާޣީންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން ސިފައިން ހުވާކުރަނީ އެވައުދުތައް ފުއްދުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހިނދެގައި ޤުރުބާންވުމަށްވެސް ތައްޔާރުވެ ތިބުމަށް ކަމަށާއި ހަޔާތުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސިފައިންގެ މީހަކަށް ވެއްޖެ މީހަކީ މުޅި ހަޔާތުގައިވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށްވެސް ރައީސް ޞޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު ބަހާއަކީ، ކުޅަދާނަ ފަހުވާމާނުން ހިމެނޭ ލަޝްކަރެއް އޮތުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *