ދިވެހި ސިފައިންނަކީ ޒިންމާދާރު ކަމާއި އެކުގައި ވަޒީފާ އަދާކުރާ ބަޔަކަށް ހެދުމުގެ މަސައްްކަތް ސަރުކާރުން ފަށާފައިވާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވިދާޅުވީ  ސިފައިންގެ އެތެރޭގެ ކަންތައްތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން ހުރިހާ ރޭންކެއްގެ ސިފައިންނަކީ ޒިނަމާދާރުކަމާއެކު ވަޒީފާ އަދާކުރާ، ޒިންމާތަކަށްޖވާބުދާރީވާ ބަޔަކަށް ހެދުމަށް ސިފައިންގެ ގަވާއިދުތަކާއި އުސޫލުތައް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޞޯލިހު ވިދާޅުވީ ސިފައިންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *