ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 5 ފަހަރަށް ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޮ ޓެކްސް ފްރޯޑް ކުށް ސާބިތުވުމާއި ގުޅިގެން 22 މިލިޔަން ޔޫރޯ އިން ޖޫރިމަނާކޮށް 2 އަހަރު ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކަށް ސްޕެއިންގެ ކޯޓަކުން ހުކުން ކޮށްފިއެވެ. ސްޕެއިންގެ ރެއާލްމެޑްރިޑުން 100 މިލިޔަން 33 އަހަރުގެ ރޮނާލްޑޯ މިހާރު ކުޅެމުންދަނީ އިޓަލީގެ ސީރާއާގެ ޔުވެންޓަސް އަށެވެ. އޭނާ ސްޕެއިންގައި 7 އަހަރު ހޭދަކޮށްފައިވެއެވެ.

ސްޕެއިންގެ ގާނޫނު ބުނާ ގޮތުން ދެއަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތުގެ ޖަލު ހުކުން އިންވާ މީހަކު އިތުރު ކުށެއް ނުކުރާނަމަ ކޮންމެހެން ޖަލަށް ދާކަށް ނުޖެހެއެވެ.

ރޮނާލްޑޯ އަށް ދައުވާ ކުރެވެނީ 2011 އާއި 2014 އާއި ދެމެދު ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކަށް ދައްކަން ޖެހޭ 14.8 މިލިޔަން ޔޫރޯ ނުދައްކާ ކަމަށެވެ. މިފައިސާ ނުދައްކާ ހުރި ކަމަށް ރޮނާލްޑޯ ވަނީ ކޯޓުގައި އެއްބަސްވެފައެވެ.

މަތީ ފަންތީގެ ފުޓުބޯޅަ ކުޅުންތެރިން ޓެކްސް ނުދެއްކުމުގެ މައްސަލައަކީ ވަރަށް ގިނައިން ފެންމަތިވާ މައްސަލައެކެވެ. 2007 އާއި 2009 ދެމެދު ބާސެލޯނާގެ ލިއޮނެލް މެސީ ވަނި ހަމަ ޓެކްސް ފްރޯޑް މައްސަލައެއްގައި ސްޕެއިންގެ ކޯޓަކަށް 250،000 ޔޫރޯ ދައްކައިފައެވެ. އެއީ 21 މަހުގެ ޖަލު ހުކުމުގެ ބަދަލެއްގެ ގޮތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *