ރާއްޖޭގެ ސިފައިންނަށް ގާނޫނާ ހިލާފު އެއްވެސް އަމުރެއް ނުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ޤަވާއިދުތަކާ ހިލާފު ނުވާ އެންގުންތައް ކަމަށެވެ.

"މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ނުވާ އެންގުންތައް. ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ގާނޫނާ ހިލާފު އަމުރުތަކެއް ނުކުރާނަން،" ރައީސް ޞޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ އެތެރޭގެ ކަންތައްތަކަށް އިސްލާހީ ބަދަލުތަކެއް ގެނެވުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ސިފައިންނަކީ އެއް ފިކުރެއްގެ ބަޔަކަށް ވާން ޖެހޭ ކަމުގައިވެސް ރައީސް ޞޯލިހު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *