މިދިޔަ ހަފްތާ އާދިއްތަ ދުވަހު ސްރީލަންކާ އަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ލަންކާގެ ޗާޗުތަކުގައި އާދިއްތަ ދުވަހު އަޅުކަން ނުކުރާ ގޮތަށް އެގައުމުން ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ލަންކާގެ ޗާޗްތަކުގައި އާދިއްތަ ދުވަހު އަޅުކަން ނުކުރަން ނިންމާފައިވަނީ ނިރުބަވެރިންގެ ފަރާތުން އިތުރު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް ލަންކާގެ މަޝްރަހު ހަމައަކަށް ނޭޅެއެވެ. އިއްޔެ ވެސް ވަނީ ލަންކާގެ ހިސާބުތަކުން  70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ރޭ ވެސް ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެގޮތުން މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ މީހުންނެއް ވަނީ ޒަހަމް ވެސް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *