މ. މަޑުއްވަރީއިން މީހަކު ގެއްލިގެން ހޯދަމުން އެބަދެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެކެވެ.
މަޑުއްވަރީ އިން "ޖަޒީރާ"އަށް މައުލޫމާތު ދިން މީހަކު ބުނީ ގެއްލިގެން ހޯދަމުން ދަނީ އެރަށުގެ ބޯޓުޔާޑުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެއް ކަމަށެވެ.
އަދި ބިދޭސީ މީހާ ގެއްލިފައިވަނީ މިއަދު 11:30 ހާއިރު ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔުތުން ގުޅިގެން ކުރަމުން އަންނަ ކަމުގައިވެސް އޭނާ ބުންޏެވެ.