ލ. ފޮނަދޫ ވަލުތެރޭގެ ބޮޑު ސަހަރައްދެއްގައި އަލިފާން ރޯވެ ފެތުރެމުން އެބަދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެރަށުގެ ބައެއް ރައްޔިތުން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފޮނަދޫއިން "ޖަޒީރާ"އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުގެ ވަލުތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ވަަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމަށާއި މިހާރުވެސް ގާތްގަނޑަކަށް ފުޓްބޯޅަ ދަނޑެއްވަރުގެ ސަހަރައްދެއް ރޯވެ އަދާފައިވާ ކަމަށެވެ.

ފޮނަދޫ ވަލުތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *