އެހެން ފަސިންޖަރުންނަށް އުނދަގޫ ކުރާތީ މޯލްޑިވިއަންގެ ފްލައިޓަކުން ފުލުހުން މެދުވެރިކޮށް ދެ މީހަކު ބާލައިފިއެވެ.
އެ ފްލައިޓުން ދަތުރު ކުރި ފަސިންޖަރެއް "ޖަޒީރާ"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އުނދަގޫ ބޮޑުވެގެން މީހުން ބާލައިފައިވަނީ ހުޅުލެއިން ކައްދުއަށް މިއަދު މެންދުރު ފަހު އައި ފްލައިޓަކުން ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ ދިވެހިންކަމަށްވެސް އެމީހާ ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މެދުވެރިކޮށް ދެމީހަކު ބާލުވާފައިވަނީ މިއަދު މެންދުރު ފަހު 15:00 ހާއިރު ކައްދޫއަށް ޖެއްސި އައިލެންޑް އޭވިއޭޝަންގެ ޓީކިއުއޭ 264 ބޯޓުންނެވެ.
މި މައްސަލައާއި ބެހޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.