ބޮލީވުޑްގެ މަޝްހޫރު ބަތަލާ އިޝާ ޑިއޯލް ދެވަނަ ދަރިއަކަށް ބަނޑުބޮޑުކަން ހާމަކޮށްފިއެވެ.

އުމުރުން 37 އަހަރުގެ އިޝާއަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ.

އޭނާ ވަނީ ބަލިވެ އިންކަން އެންގުމުގެ ގޮތުން އިންސްޓަގްރާމުގައި ވަނީ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ ދޮށީ ދަރިފުޅު ސޯފާއެއްގައި އިށީނދެ އިން އިރު އިނގިރޭސި ބަހުން "އަހަރެން ދައްތަ އަކަށް ޕްރޮމޯޓް ވަނީ" މިގޮތަށް ސޯފާގެ އަރިމަތީގައި ލިޔެފައި ވެއެވެ.

މީގެ ދެ ދުވަސް ކުރިން އިޝާ ވަނީ އޭނާ ބަލިވެ އިންކަން އެނގޭ ގޮތަށް ފޮޓޯ އެއްވެސް އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. އިޝާ އަކީ "ދޫމް" އާއި "ރައްބާ އޭ ރައްބާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ކުޅަދާނަ އެކްޓަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *