ސްރީލަންކާގައި ރޭ ސަލާމަތީ ބާރުތަކާއި، ހައްޔަރުކުރަން އުޅުނު ބަޔަކާއި ދެމެދު ހިނގި ހަމަނުޖެހުން ތަކާއި، ބޮންގޮއްވުމުގެ ހަމަލާތަކައްފަހު އެ ސަރަހައްދުން އާންމުންނާއި ކުޑަކުދިން ހިމެނޭހެން، މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ބަޑީގެ ހަމަލާތައް ދީފައިވަނީ ލަންކާގެ ފުލުހުންނާއި، ސިފައިން ގުޅިގެން، ސުއިސައިޑް ވެސްޓް ތައްޔާރުކުރި ކަމަށް ޝައްކު ކުރެވޭ ތަނެއް ރެއިޑް ކުރުމުންނެވެ.

ލަންކާ ފުލުހުންނަށް އަމާޒުކޮށް ބަޑިޖަހާފައިވަނީ ސިރީލަންކާގެ ސަމަންތުރާއީ ސަރަހައްދުގައި ހުރި ގެއަކަށް ވަންނަން މަސައްކަތްކުރުމުންނެވެ.

އެ ސަހަރަކީ ކޮލަމްބޯއާއި 325 ކިލޯ މީޓަރު ދުރުގައި އޮތް ސަހަރެކެވެ. ފުލުހުންނަށް ބަޑިން ހަމަލާ ދިނުމުން އޭގެ ރައްދުގައި ފުލުހުންވެސް ވަނީ ބަޑި ޖަހާފައެވެ.  

ގިނަ އިރުތަކެއް ވަންދެން ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާއި ދެމެދު ހިނގި މި ކުރިމަތިލުންތަކުގެ ތެރޭގައި ހަތަރު މީހަކު ޖާނުންފިދާވެގެން ބޮން ގޮއްވާލިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިތުރު ބަޔަކު ވަނީ ސިފައިންނާއި ބަޑިން ހަމަލާތައް ބަދަލުކޮށްފައެވެ.

މި ހަމަލާތަކަށްފަހު ފުލުހުން އެ ސަރަޙައްދު ބަލައި ފާސްކުރުމަށްފަހު ވިދާޅުވީ، އެ ސަރަޙައްދުން ކުޑަކުދިންނާއި އާންމުން އަދި ޖާނުންފިދާވި މީހުން ހިމެނޭގޮތަށް މިހާތަނަށް ޖުމްލަ 15 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އޭގެތެރޭގައި  ހަ ފިރިހެނުންނާއި 3 އަންހެނެއްގެ އިތުރުން 6 ކުޑަކުދިން ހިމެނޭ ކަމަށްވެސް ލަންކާގެ ރިޕޯތްސް ތަކުން ހާމަކުރެއެވެ.

ރޭގެ ކުރިމަތިލުންތައް ހިނގާފައި ވަނީ، ސައިންތަމަރުދޫގައި ބޮން ގޮއްވާ ކާރުޚާނާއެއް ހިންގަމުންދާ ކަމަށް، ލަންކާގެ ފުލުހުންނަށް ލިބުނު ސިއްރު މަޢުލޫމާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ތަނެއް ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައެވެ. އެ ތަނަކީ އާންމު ފަރާތަކުން ގެއެއް ގޮތަށް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށާއި، ހަމަލާތަކަށްފަހު މަރުވި މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އެ ގޭގެތެރެއިން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީގޮތުގައި، ރޭގެ ހާދިސާގައި 3 ނުވަތަ 4 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެމީހުންނަކީ ހަމަލާތަކާއި ގުޅުންހުރި ބައެއް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 70 އަށް ވުރެ ގިނަ މީހުން އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *