ބ. ތުޅާދޫ ފަޅުތެރެެއިން ގިނަ އަދަދެއްގެ ވީޑް ފެނިއްޖެއެވެ.

އެރަށުން "ޖަޒީރާ" އަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވަނީ ވީޑް ހުރި ބޮޑު ރަބަރު ހަތަރު ޕެކެޓް އެރަށުގެ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ޕެކެޓުތައް ފެނުނީ ޑިންގީއެއްގައި ފަޅުތެރެއަށް ނުކުތް ބަޔަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ތުޅާދޫއިން ފަޅުތެރެއިން ވީޑް ފެނުނު މައްސަލައިގައި ފުލުހުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 12:00 ހާއިރު، ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑް ކަމަށް ބެލެވޭ ހަތަރު ޕެކެޓް ހޮވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *