ސައުދީ އަރަބިއާގެ ދީނީ އިލްމުވެރިއާ އަދި މަސްޖިދުލް ނަބަވީގެ ކުރީގެ އިމާމު ޝައިހް އަހުމަދު އަލް އަމާރީ ޖަލުގައި އަވަހާރަވެއްޖެ އެވެ.

ސައުދީން ހައްޔަރު ކުރާ ދީނީ އިލްމުވެރިން މޮނިޓާ ކުރާ ގުރޫޕު، ޕްރިޒަނާސް އޮފް ކޮންޝެންސް އިން ބުނި ގޮތުގައި ޝައިހް އަހުމަދު އަވަހާރަވީ އޭނާ ހައްޔަރުކުރިތާ ފަސް މަސް ފަހުން މިދިޔަ އާދިއްތަ ދުވަހުގަ އެވެ.

ޕްރިޒަނާސް އޮފް ކޮންޝެންސް އިން ބުނީ ޝައިހް އަހުމަދުގެ ހާލު ބެލުމުގައި ޖަލުން އިހުމާލުވެފައިވާ ކަމަށާއި އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދީފައި ނުވާ ކަމުގައެެވެ. ޝައިހް އަހުމަދު އަވަހާރަވުމުގެ ކުރިން،  ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން މިމަހުގެ ދެވަނަ ދުވަހު އޭނާ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ގުރުއާން ކޮލެޖުގެ ޑީންކަންވެސް މީގެ ކުރިން ކުރެއްވި ޝައިހް އަހުމަދު އަވަހާރަވުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެެވެ. ޝައިގް އަހުމަދު އަވަހާރަވެފައިވަނީ އުމުރުފުޅުން 69 އަހަރުފުޅުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *