އޭޕްރިލް މަހު ބާއްވާ މަޖްލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނީ މިމަހު 28 ވަނަ ދުވަހު ކަމަށް އިލްކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އިންތިހާބު އިއުލާން ކުރުން އޮންނާނީ މިމަހުގެ 28 ގައި ކަމަށާ އެ ދުވަހުން ފެށިގެން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައި އެޕްލިކޭޝަން ފޯމް ހުށަހަޅަން ހުޅުވާލެވޭނެ ކަމަށް އީސީގެ މެންބަރު އަހުމަދު އަކުރަމް ވަނީ ވިދާޅުވެފައެވެ.
އަކުރަމް އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި މަޝްވަރާ ކުރެވެމުންދާ ކަމަށާ މި އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.