ށ. މިލަންދޫ ކައުންސިލް އިދާރާ ދޮރުމަށްޗަށް މަހުލޭ އަޅައިފިއެވެ.
މިލަންދޫ ކަައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "ޖަޒީރާ"އަށް ވިދާޅުވީ މަހުލޭ އަޅައިފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފިސް ހުޅުވަން އައުމުން ކަމަށެވެ.
"މިއަދު ހެނދުނު އަޅުގަނޑުމެންނަށް އެނގުނީ މަހު ލޭ އަޅާފައި ހުރިކަން" ޝިޔާމް ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކައުންސިލްގެ އިދާރާ ދޮރުމަށްޗަށް މަހުލޭ އަޅައިފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިކަންކޮށްފައިވަނީ ކޮން ބައެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓުކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.