ފިހާޅޮހި އައިލެންްޑް ރިސޯޓުގައި މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއީ އެރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިހާޅޮހި ރިސޯޓުގައި ފަތުރުވެރިއަކި މަރުވެގެން އެކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:20 ހާއިރު ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިޓަލީގެ ފިރިހެނެކެވެ.