ރައީސް ޔާމީންގެ ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އިރްތިޝާމް އާދާމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، މާފަންނު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިރްތިޝާމް ޖޭޕީއަށް ސޮއިކުރައްވައި އެކަމުގެ ލިއުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއާ މިރޭ ހަވާލު ކުރެއްވިއެވެ.