ކާނަލް ނާޒިމްގެ ގެއިން ފިސްތޯލު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފިއެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން 2015 ވަނަ އަހަރުގެ ތެރޭގައި ފިސްތޯލެއް ފެނުނު މައްސަލަ އަލުން ބަލާ ދިނުމަށް އެދި އެ މައްސަލަ އޭނާ ފުލުހަށް ހުށަހެޅީ މީގެ ދެ ދުވަސް ކުރިންނެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅިކަން ހާމަކޮށް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2015 ޖެނުއަރީ 18 ވަނަ ދުވަހުގެ އޭރުގެ ސަރުކާރުން ހިންގި ޖަރީމާ ތަހުގީގު ކޮށް އެ ޖަރީމާގައި ޒިންމާވާ ފަރާތްތަށް އިންސާފުގެ ކުރި މައްޗަށް ގެންދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ އެވާހަކަ ސިޓީއެއްގެ ޒަރީއާއިން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

ފުލުހުން މިރޭ ވިދާޅުވީ، ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް ނިންމުމުގެ ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް  ނިންމާފައިވާކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *