ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މަންދު ކޮލެޖު ކައިރީ މުޒާހަރާ ކުރަމުން އެބަދެއެވެ.
މަންދު ކޮލެޖަކީ ލާދީނީ އެތަކެއް ވާހަކަތަކެއް ދައްކަމުން އަންނަ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ހިންގަމުން އަންނަ ކޮލެޖެކެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އިބުރާ ހައްޔަރު ކުރުމަށެވެ. އަދި މަންދު ކޮލެޖު ބަންދު ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދެއެވެ.
އެ ސަރަހައްދުގައި މިހާރު އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.