މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދެއްކެވި ކަމަށް ބުނެ އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއްވެސް ވަނީ އެކުލަވާލައިފައެވެ. އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން މާދަމާ މެންދުރުފަހު 2:00އަށް ތާވަލުކޮށްފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ނަންތަކެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުންގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް މީޑިއާއަށް މައުލޫމާތުދީ، ވާހަކަ ދެއްކި މައްސަލަ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް މިއަދު ބޭއްވި އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *