ރޯދައަށް ނިންމުމަށް މަސައްކަތް ކުރަމުންދާ, މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް، އެތަނުގެ ދެ ވަނަ ބުރިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ވެއްޓި ސީރިއަސް ޒަހަމްތަކެއްވި އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒްމީ މިރޭ އަވަހާރަވެއްޖެ އެވެ.
އޭނާ އަވާހަރަވީ އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް ގެންދުމަށް ފަހު، ދޭނެ އިތުރު ފަރުވާއެއް ނެތިގެން އެނބުރި ރާއްޖެ ގެނެވުމުގެ ތެރޭގައެވެ.
އަޒްމީ އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުގައެވެ.
އަޒްމީ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އަޒްމީ، ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާވެފައި ވެއެވެ. އަދި އޭނާގެ ސިކުނޑިއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.