މަރާލެވިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ ހަޤީގަތް ހޯދާ އާންމު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ޓްވިޓާ މެދުވެރިކޮށް ހިއްސާކުރި ދެ މިނެޓްގެ ވީޑިއޯކޮޅުގައިވާ ދެ މީހުން ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދުނު ނަމަވެސް، އެއީ ކޮން މައްސަލައަކާއި ގުޅިގެން ހޯދާ މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއްް އިނގޭ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް އެ ކޮމިޝަނަށް އެންގުމަށް އެ ކޮމިޝަނުން އެދެއެވެ. އެ ކޮމިޝަން އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ ވީޑިއޯއިން ފެންނަ ދެ ސައިކަލެއްގައި ތިބި ދެމީހަކު ހޯދުމަށެވެ. މަރުތައް ބަލާ ކޮމިޝަންގެ ރައީސަކީ ގާނޫނީ ވަކީލު ހުސްނުއްސުއޫދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *