ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމަނައިފި އެވެ.

އިލެކްޝަން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީ ރަޖިސްޓްރީވި ކަމުގެ ލިޔުން ވަނީ ޕާޓީއާއި ހަވާލުކޮށްދައެޗެ.

ލޭބާ ޕާޓީ އީސީގެ ދަފުތަރުގައި ހިމަނާފައިވާއިރު އެ ޕާޓީގެ އާއްމު ޖަލްސާ، މިމަހުގެ 11 ވަނަ ދުވަހު 317 މެމްބަރުންނާއި އެކު ދަރުބާރުގޭގައި  ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި، އެ ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ވަނީ ފާސްކޮށްފަ އެވެ. ލޭބާ ޕާޓީގެ ކުލައަކަށް ފާސްކުރީ ރަތް ކުލަ އާއި ކަޅު ކުލައިގެ އިތުރުން ހުދު ކުލަ އެވެ.

ލޭބަރ ޕާޓީގެ ވަގުތީ ލީޑާޝިޕަށް 15 މެމްބަރުން ވަނީ އިންތިޚާބު ކޮށްފައިވާއިރު ޕާޓީ އުފެއްދުމުގެ ޖަލްސާގައި ހަސީން ވިދާޅުވީ ލޭބާ ޕާޓީ އަކީ މަސައްކަތްތެރިން އެ މީހުންގެ ހައްގު ހޯދުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *