އިއްޔެ ހުޅުމާލޭގައި މޫނަށް މޫވް ސްޕްރޭ ޖަހާ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ބަންދަށް 15 ދުވަސް ހުޅުމާލެ ކޯޓުން ވަނީ ޖަހާފައިވާ ކަމަށެވެ.

އިއްޔެ ހުޅުމާލޭން ފޭރިގަތް ފައިސާތަކަކީ، އިސްލާމިކް ބޭންކަށް ޖަމާކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެވެ. އެ ފައިސާތައް ފޭރިގެންފައި ވަނީ، ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދެމީހަކު ވެގެން  މޫވްސްޕްރޭ ޖެހުމަށް ފަހުއެވެ.

ނަމަވެސް ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *